އަތޮޅުތަކުން: އއ. އުކުޅަހު ޕޮލިސް ސްޓޭޝަން ޢިމާރާތުގެ ސިމެންތި ޖެހުމުގެ 75 އިންސައްތަ ނިމިއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އއ. އުކުޅަހުގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް ސްޓޭޝަން ޢިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެންމެ ފަހުން ޢާންމުކުރި މަޝްރޫޢުގެ އަދާހަމަ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ޢިމާރާތުގެ އެތެރޭގެ ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތްތަކުގެ 75 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މީގެ އިތުރުން ސައިޓުގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ޢިމާރާތުގެ ފުރާޅުގައި ޓިނު އެޅުމާއި ހަރުކުރުމުގެ މުހިންމު މަސައްކަތްތަކެވެ.
Ads by BMLއުކުޅަހުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޒަމާނީ ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ބިނާކުރުމުގެ އެންމެހައި މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢާ ގުޅޭ އިތުރު ތަފްޞީލީ މަޢުލޫމާތު އެމްޓީސީސީގެ މަޝްރޫޢުތަކަށް ޚާއްޞަ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
Ads by MACL
