އަތޮޅުތަކުން: ތިނަދޫ އެމްއެންޔޫ އެކްސްޓެންޝަން ބްލޮކް ރާނައި ސިމެންތި ޖެހުމުގެ މަސައްކަތްތައް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ގދ. ތިނަދޫ ކެމްޕަސް އިމާރާތް ބޮޑުކުރުމަށް ކުރިއަށްގެންދާ އެކްސްޓެންޝަން ބްލޮކްގެ ފިނިޝިން މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދަނީ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތަކުގެ އިތުރުން މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގ (އެމްއީޕީ) އިންޖިނިއަރިންގގެ މަސައްކަތްތައް ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޒަމާނީ ފެންވަރުގެ ކްލާސްރޫމްތަކާއި ދަރިވަރުންގެ ތަޢުލީމީ ބޭނުންތަކަށް ބޭނުންވާ ޚާއްޞަ ވަސީލަތްތައް އެކުލެވޭ އިމާރާތެއް ޤާއިމުކުރެވޭނެއެވެ.
Ads by BMLމި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، ގދ. އަތޮޅާއި މުޅި ހުވަދުއަތޮޅުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ރަށުގައި ތިބެގެން މަތީ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުތައް އެ ކުންފުނީގެ ޚާއްޞަ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
Ads by MACL
