ބިދަބިން، އަބަދުވެސް ތަފާތު، މިފަހަރު މާ ތަފާތު!
އަބަދުވެސް ތަފާތު، މީ ބިދަބިން އިވެޓްސްގެ ސްލޮގަންއެވެ.
މީގެ 15ވަރަކަށް އަހަރު ކުރިން ބޮޑުބެރު ގުރޫޕެއްގެ ގޮތުގައި އެފުދުނު ބިދަބިންގެ ދަށުން ފަރި ފަރި ބައި ބިދަބިން (ޑާންސް ގުރޫޕް) އުފެދުނީ 2015 އަހަރުއެވެ. 2023 ވަނަ އަހަރު ރަސްމީކޮށް ބިދަބިން އިވެންޓްސް އަށް ރިބްރޭންޑް ކުރެވި، ތަފާތު އެކި އެކި ކުދި އިވެންޓް ތަކުން ފަށައިގެން ރާއްޖޭގައި މިހާރު ބާއްވާ އެންމެ ބޮޑެތި އިވެންޓްތަކުގެ 'އިވެންޓް ޕުރޮޑަކްޝަން' ދާއިރާގައި ބިދަބިން އިވެންޓްސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަބަދުވެސް ތަފާތު:
ބިދަބިން އިވެންޓްސް ތަފާތު ވަނީ ސަބަބެއް ނެތި އެއް ނޫނެވެ. އެ ގުރޫޕްގެ ދިގު ތާރީހް އެކަމަށް ހެކިދެއެވެ. ބެރު ގުރޫޕްގެ ހެދުން އެޅުމުގެ ވައްޓަފާޅިން ފެޝިގެން ގޮސް ކިޔާލަވަތަށްވެސް ތަފާތެވެ. ފަރި ފަރީގެ ހުރިހާ ހަރަކާތެއްވެސް ފަރިއެވެ. އަދި އެހާމަ ފަރިތައެވެ. އިވެންޓް ޕްރޮޑަކްޝަން ދާއިރާގައި ގިރާކުރަމުންދާ ހަރުފަތްތަކާ 'ޕުލް އޮފް' ކުރަމުންދާ އިވެންޓްތައްވެސް ތަފާތެވެ. އަދި އެ އިވެންޓްތައް ގެނެސްދެމުންދާ'ކޮންސްޕްޓްތައް' ބަލާލަން ފުރިހަމައެވެ.
Ads by BML
މާލޭގައި ހިންގަމުންދާ ބޮޑުބެރު ގުރޫޕްތައް ތެރޭން ސަގާފީ ހަރަކާތްތަކަށް ބިދަބިން ވަރެއްނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަގާފީ ހަރަކާތްތަކުގައި ބޭނުންކުރާ ސާމާނުތަކާ ހެދުންއެޅުމުގެ ވައްޓަފާޅީގެ އިތުރަށް ކުޅޭ ކުޅިތަކާ ކިޔާ ލަވަތަށް ވެސް ޗާލު ވެފައި ބަލާލަން ހިތްގައިމެވެ. އަދި ހުށަހެޅުންތަކުގެ އަދަދުވެސް ގިނައެވެ. ކޮންމެ ހުކުރު ދުވަހެއްގެ ރޭ "އޮބްލޫ އެކްސްޕިރިއެންސް އާއިލާފުށި" ރިސޯޓް އަދި ކޮންމެ އަންގާރަ ދުވަހެއްގެރޭ "ވިލާ ނައުޓިކާ ޕެރަޑައިސް އައިލެޑް" ރިސޯޓްގައި ހުއްޓުމެއް ނެތި ގަވާއިދުން ހުށަހަޅައިދޭ ސަގާފީ ހަރަކާތްތަށް މިކަމުގެ ހެއްކަކަށް ފުދެއެވެ. މީގެއިތުރަށްވެސް ރާއްޖޭގައި ބޭއްވޭ އެކި ގިންތި ތަކުގެހަރަކާތްކަތުގައި ބިދަބިން އިވެންޓްސް ގެ ބޮޑުބެރު ގުރޫޕް އަދި ފަރި ފަރިން އަންނަނީ ސަގާފީ އަދި ޒަމާނީ ތަފާތު ހުށަހެޅުންތަށް ހުށަހަޅައިދެމުންނެވެ.
މިފަހަރު މާ ތަފާތު:
ނިމިގެން މިދިއަ އަލްހާ ޢީދުގެ ހަރަކާތްތަކުގައި ބިދަބިން އިވެންޓްސްފެނިގެންދިއައީ މުޅިން ތަފާތުކޮށެވެ. އީދުގެ ފުރަތަމަ ދެ ދުވަހު ބިދަބިން އިވެންޓްސް އިން ވަނީ ހއ. ހޯރަފުށީގައި ފާހަގަކުރި "ހޯރަ ބޮޑު ޢީދު 1446" ގައި ހަވީރުގެ ސަގާފީ ހަރަކާތްތަކުގެ އިތުރަށް ރޭގަނޑުގެ ސްޓޭޖް ޝޯވ ވެސް ކުރިއަށް ގެންގޮސްފައެވެ. ބިދަބިންގެ ބޮޑުބެރު ގުރޫޕާއި ފަރި ފަރީގެ އިތުރަށް ރާއްޖޭން ބޭރުގެ ދެ އަންހެން ނެށުން ތެރިން ވަނީ އައިޓަމް ތަށް ހުށަހަޅައިދީފައެވެ. މި ދެ ނެށުންތެރިންނަކީ މިފަހަރުގެ އީދު ކުޅިވަރުތަކަށް ހާއްސްކޮށް ބިދަބިންއިން ގެނެސްފައިވާ ދެ ނެށުންތެރިންނެވެ.
އަދި މީގެ އިތުރަށް "ހޯރަ ބޮޑު ޢީދު 1446 ގައި ސްޓޭޖް ޝޯވ ކުޅުމަށް ބޭނުން ކުރަމުންދާ 'ސެޓަޕް' ގެ މުޅި "އިވެންޓް ޕްރޮޑަކްޝަން" ކުރިޔަށް ގެންދަނީ ބިދަބިން އިވެންޓްސްގެ ޓެކްނިކަލް ޓީމްއިންނެވެ. "ޙޯރަ ބޯޑު ޢީދު 1446" ގެ ހަރަކާތްތަށް ސަންގު ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދެވުނު އިރު، ދުރާ ގާތުން، ބިދަބިން އިވެޓްސް ގެ ހަރަކާތްތަކަށް ވަނީ ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ހޯރަފުއްޓަށްފަހު ބިދަބިންގެ ދެވަނަ މަންޒިލަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ބައައްގެ ސަމާލުކަން ޢީދުގައި އެރަށަކަށް ލިބޭ ބ.ކަމަދޫ އެވެ. ބިދަބިންގެ މުޅި ޓީމް އިން ވަނީ "ކަމަދޫ ޢީދު އުފާ 1446" ސްޓޭޖްޝޯގައި ފޯރިގަދަ އައިޓަމް ތަކެއް ހުށަހަޅާދީފައެވެ. ކަމަދޫ ޢީދު އުފާގެ ހަރަކާތްތައް ވެސް ރާއްޖެޓީވީ މެދުވެރިކަށް ގެނެސްދެވުނުއިރު، ބިދަބިންގެ ހަރަކާތްތަށް ދުރާއި ގާތުން ވަނީ ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
މިފަހަރުގެ ޢީދުގައި ބިދަބިންގެ ފަހު މަންޒިލަކަށްވީ ޅ.ހިންނަވަރެވެ. ހިންނަވަރުގައި ކުރިޔަށް ގެންދެވުނު "ގާހަކަ ރިޓާން 1446" ސްޓޭޖް ޝޯގައި ބިދަބިންގެ ހުށަހެޅުންތަކުގައި ބެލުންތެރިންގެ ފޯރި ފެނިގްނެދިއައީ ގަދަކޮށެވެ. މި ދެޝޯގައިވެސް ބިދަބިންގެ ބޮޑުބެރު ގުރޫޕާއި ފަރި ފަރީގެ އިތުރަށް ރާއްޖޭން ބޭރުގެ ދެ ނެށުންތެރިންވެސް ވަނީ ތަފާތު އެކި އައިޓަމްތަށް ހުށަހަޅައިދީފައެވެ.
ޢީދުގެ ހަރަކާތްތަށް ނިންމާލުމަށްފަހު، ނިމިދިއަ އަންގާރަ ދުވަހު ބިދަބިންގެ ޓީމް މާލެ އައިސްފައިވާއިރު މި މަހުގެ ކުރިއަށް ހުރި ދުވަސްތަކުގައިވެސް ބިދަބިން އިވެންޓްސްގެ ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ބިދަބިން އިވެންޓްސް އިން މައުލޫމާތު ދެއެވެ. އަދި މި ހަރަކާތްތަކުގެ އަދާހަމަ ބިދަބިންގެ އިވެންޓްސް ގެ މީސްމީޑިއާގެ އެކި މަންސަތަކުން ބިދަބިން އިވެންޓްސްގެ ސަޕޯޓަރުން އަދި އެންމެ ބެލުންތެރިނަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބިދަބިން އިވެންޓްސް އިން ވަނީ ދީފައެވެ.
Ads by MACL
