ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް، އަމިއްލަ މީހެއްގެ މަސްލަހަތު އިސްނުކުރާނެ: ރައީސް
ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށާއި އެއްވެސް އަމިއްލަ ވަކި ބޭފުޅެއްގެ ނުވަތަ ވަކި މީހެއްގެ މަޞްލަޙަތު އެ ޕާޓީން އިސްނުކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
1،000 އަށްވުރެ ގިނަ ބައިވެރިންނާއެކު، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީއެންސީގެ ކޮންގްރެސް ކުރިއަށްދާނީ 5 ދުވަހުގެ މުއްދަތަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕާޓީން އިސްކުރަނީ ޤައުމާއި، ޤައުމިއްޔަތާއި، ދީނާއި، ސަގާފަތުގެ އިތުރުން އަމިއްލަވަންތަކަން ކަމަށާއި ޚާރިޖީ ގޮތުންވެސް ސިޔާސަތަކީ ދިވެހިރާއްޖެ އިސްކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
Ads by BMLރައީސް މުޢިއްޒު ވިދާޅުވީ މި މަސައްކަތްތައް ކުރިއަށްދަނީ ވަރަށް މާތް މަޤްޞަދެއްގައި، ސާފު ހިތަކާއި އިޚްލާޞްތެރި ނިޔަތަކާ އެކުގައި ކަމަށެވެ. އެހެންކަމުން ޕާޓީގެ އެންމެހައި މެންބަރުންވެސް ބަދަހި ގުޅުމަކާއި، އުފާވެރިކަމާއި، އެކުވެރިކަމާ އެކީގައި ކުރިއަށް ވަޑައިގަތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ކޮންގްރެސްގެ ކަންކަމުގައި އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށްވެސް ވިދާޅުވި އެވެ.
މި ކޮންގްރެސްގެ ތެރެއިން ޕާޓީގެ ޒުވާނުންގެ ގޮތްޕާއި އަންހެނުންގެ ގޮފީގެ އިސް މަގާމުތަކަށާއި ސެނެޓުގެ އެކި ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ. އޭގެ ތެރޭގައި ސެނެޓުގެ އާންމު 18 ގޮނޑިއަށް 73 ކެންޑިޑޭޓުން، އަންހެނުންނަށް ޚާއްސަ 10 ގޮނޑިއަށް 23 ކެންޑިޑޭޓުން އަދި ޒުވާނުންގެ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އެންމެ ވާދަވެރިކޮށް އޮތީ ނައިބް ރައީސްގެ އިންތިހާބެެ އެވެ. އެ ޕާޓީގެ ނައިބް ރައީސްކަމަށް 8 ބޭފުޅަކު ވާދަކުރައްވާއިރު، އިންތިހާބު ކުރާނީ 6 ނައިބުންނެވެ.
- ޢަބްދުﷲ ރާފިޢު — މިނިސްޓަރ އޮފް ސްޕޯޓްސް
- މުޙައްމަދު ޙުސައިން ޝަރީފް (މުންދު) — ސަރުކާރުގެ އިސް ތަރުޖަމާނު
- އަސްމާ ރަޝީދު — ރައްޔިތުންގެ މަޖިލީހުގެ މެންބަރު (މާފަންނު މެދު ދާއިރާ)
- ފާޠިމަތު ސައުދާ — ރައްޔިތުންގެ މަޖިލީހުގެ މެންބަރު (ނިލަންދޫ ދާއިރާ)
- އިބްރާހީމް ޝުޖާޢު — ރައްޔިތުންގެ މަޖިލީހުގެ މެންބަރު (ބާރަށު ދާއިރާ)
- އަޙްމަދު ޝިޔާމް — މިނިސްޓަރ އޮފް ފިޝަރީޒް
- މުޙައްމަދު ނިމާލް — ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ
- މުޙައްމަދު ސަޢީދު — މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ޕީއެންސީން ބުނެފައިވާގޮތުގައި މިއަދުގެ ކޮންގްރެސްގައި 1،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެ އެވެ.
Ads by MACL
