1 ވަނަ ވޯޓު ވަޒީރު ރާފިއުއަށް، ޝިޔާމް، ސައުދާ، ސުޖާއު، ސައީދު، މުންދު އިންތިހާބު ކާމިޔާބުކުރެއްވި!
މިހާރު ކުރިއަށްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި، އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ.
މި އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަކީ:
މިނިސްޓަރު އަހުމަދު ޝިޔާމް (964 ވޯޓު)
މެންބަރު އިބްރާހިމް ޝުޖާއު (862 ވޯޓު)
މެންބަރު ފާތިމަތު ސައުދާ (923 ވޯޓު)
މިނިސްޓަރު މުހައްމަދު ސައީދު
މިނިސްޓަރު އަބްދުﷲ ރާފިއު (968 ވޯޓު)
ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) (780 ވޯޓު)
Ads by BMLމި އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަސްމާ ރަޝީދާއި، އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ. ޖުމްލަ 1,095 މީހުން ވޯޓުލީ މި އިންތިހާބުގައި އަސްމާ ރަޝީދަށް 288 ވޯޓު ލިބިވަޑައިގެންނެވި އިރު، މުހައްމަދު ނިމާލަށް ލިބިވަޑައިގަތީ 301 ވޯޓެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެގޮތުން، ކޮންގްރެސްގެ ބައިވެރިން ވޯޓުލާފައިވަނީ ކިއުއާރް (QR) ކޯޑެއް ސްކޭން ކުރުމަށްފަހު، އެކަމަށް ކަނޑައެޅުނު 5 މިނެޓުގެ ވަގުތުކޮޅުގެ ތެރޭގައެވެ.
Ads by MACL
