އަތޮޅުތަކުން: އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ އދ. ދަނގެތީ ބަނދަރު ފަރުމާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. ޤައުމު ބިނާކުރުމުގެ މުހިންމު މަސައްކަތްތަކުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ "ރައްޔިތުންގެ ކުންފުނި" ކަމަށްވާ އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ދަނގެތީ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބައެއް މުހިންމު ސާމާނު މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. އެގޮތުން ބަނދަރު ހެދުމަށް ބޭނުންކުރާ 50 ބްލޮކް އަދި 40 އެންކަރ ރޮޑް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައެވެ.
އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ޚާއްޞަކޮށް އޮޑިވެރިންނާއި މަސްވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ. މީގެ ސަބަބުން ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، ރަށުގެ އިޤްތިޞާދަށާއި ވިޔަފާރިއަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
Ads by BMLއެމްޓީސީސީގެ ޓީމުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާ މިފަދަ މަޝްރޫޢުތަކާ ގުޅޭ އިތުރު މަޢުލޫމާތާއި އެންމެ ފަހުގެ އަޕްޑޭޓްތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ވެބްސައިޓުން އާންމުންނަށް ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
Ads by MACL
