ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: މުރައިދޫ ޕޮލިސް ޕޯސްޓްގެ ކޮލަމް ކޮންކްރީޓް މަސައްކަތް ފަށައިފި

އަތޮޅުތަކުން: މުރައިދޫ ޕޮލިސް ޕޯސްޓްގެ ކޮލަމް ކޮންކްރީޓް މަސައްކަތް ފަށައިފި

ހއ. މުރައިދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ ކޮލަމްތަކުގެ ކޮންކްރީޓް މަސައްކަތްތައް ފަށައިގެން ކުރިއަށްއެބަދެއެވެ.

މުރައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ކޮލަމްތަކުގެ ކޮންކްރީޓް މަސައްކަތްތަކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްދައްކާ މި މަޝްރޫޢަކީ މުރައިދޫގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް އެ ރަށުގައި ފުޅާކުރުމަށްޓަކައި ހިންގޭ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އިތުރު ތަފްޞީލުތައް އެމްޓީސީސީގެ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް ބައްލަވައިލެއްވޭނެއެވެ.