ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ނަޝީދަށާއި އިދިކޮޅު ފަރާތްތަކަށް މުންދު ޝަރީފުގެ ހޫނު ރައްދެއް؛ ދަރަނި ދައްކާ ނިންމާލައިފި

ރައީސް ނަޝީދަށާއި އިދިކޮޅު ފަރާތްތަކަށް މުންދު ޝަރީފުގެ ހޫނު ރައްދެއް؛ ދަރަނި ދައްކާ ނިންމާލައިފި

ރައީސް މުޙައްމަދު ނަޝީދަށާއި ދިވެހިރާއްޖެ އިތުރު މާލީ ދަތިކަމަކަށް ގޮސް ޑީފޯލްޓް ވޭތޯ ދުޢާކުރަމުންދިޔަ ފަރާތްތަކަށް ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދުދެއްވައިފިއެވެ.

އެމަނިކުފާނު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މި މެސެޖުގައި، ކުރީގެ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އެޅުވި ބޮޑެތި ދަރަނިތައް މިހާރު ދައްކައި ނިންމާފައިވާ ކަމަށާއި، އައު ދަރަންޏެއް ނުނަގައި އެކަން ކޮށްފައިވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި މީގެ އިތުރުން ޤައުމަށް ބޭނުންވާ ތެޔޮ ގަތުމަށާއި އަސާސީ ކާބޯތަކެތި އެތެރެ ކުރުމަށް ބޭނުންވާ ފައިސާ މިހާރު ވެސް އެބުހުރި ކަމަށާއި އިޤްތިޞާދީ ގޮތުން އެކަށީގެންވާ ޤާބިލުކަމެއް އެބައޮތް ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ވެރިކަމުން ފޭބިއިރު ދައުލަތުގެ ރިޒާވްގައި ބާކީ ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށް ވިދާޅުވަމުން، އެފަދަ ފަރާތްތަކުން ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުމަކީ މުނާސަބު ކަމެއް ނޫން ކަމަށް މުންދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބިރުދެއްކުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު އައު މައުޟޫއުތައް އުފައްދައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.