ސުޖާއު ނަޝީދަށް: 50 މިލިއަން ޑޮލަރު ނުދެއްކޭނެޔޭ ބުނި މީހުންނަށް ދަންނަވާ ދައްކައިފިއޭ، ކާޑާއި ތެޔޮވެސް ލިބޭނެޔޭ!
ރައީސް ނަޝީދާއި އެމްޑީޕީގެ ވެރިކަމުގައި ނެގި 150 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކޭނެ ކަމަށް ބުނެ އެކަމުގެ ވާހަކަ ދެއްކި ފަރާތްތަކަށް ބ. ރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަރުގަދަ ރައްދެއް ދެވައިފިއެވެ.
ރައްދުދެއްވަމުން، ނަޝީދަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ މަނިކުފާނާއި މަނިކުފާނުގެ ޕާޓީގެ ވެރިކަމުގައި އިންޑިއާ އިން ނެންގެވި 150$ މިލިއަންޑޮލަރު މަނިކުފާނުގެ ޕާޓީގެ ވެރިކަމުގައި އޮތީ ނުދައްކާ ނޫންތޯއެވެ؟ ދެއްކުމުގެ ޤާބިލްކަންވެސް ނެތީ ނޫންތޯއެވެ؟ނުދައްކާ ކުރި ކަންތައްވެސް ދިވެހީންނަށް އެގެއެވެ.
މިސަރުކާރުން ރައީސް ޑރ މުޢިއްޒު ވެރިކަމަށް ވަޑައިގެން،މަނިކުފާނާއި އެމްޑީޕީ ގެ ވެރިން އެ ލޯނު ނުދެއްކޭނޭ ބުނެބުނެ އޮއްވާ ވަނީ އޭގެން 100 މިލިއަން ޑޮލަރު ކުރިން ދައްކާ ހަލާސްކޮށްފައެވެ. ބާކީ ނުދެއްކި އޮތް 50 މިލިއަން ޑޮލަރުވެސް މާތްاللهގެ ތަނަވަސް ރަހްމަތާއެކު ރައީސް މުޢިއްޒުގެ ޕީއެންސީގެ ސަރުކާރުން މިއަދު ދައްކާ ހަލާސްކޮށްފިއެވެ. މަނިކުފާނާއި މަނިކުފާނުގެ ޕާޓީން ދިވެހި ރާއްޖެ ބަނގުރޫޓު ވާގޮތައް ލޯނުތައް ތަރުތީބު ކޮށްފައި އޮތަސް އެހެން ނުވާނޭގޮތްވެސް ވެދާނޭ ކަމަށް މަނިކުފާނު ހިސާބު ޖައްސަވަން ވާނެނޫންތޯއެވެ؟
Ads by BMLފޭސްބުކުގައި ހިއްސާކުރެއްވި ބަޔާނެއްގައި ޝުޖާއު ވިދާޅުވީ، އެ ލޯނު ނުދެއްކޭނެ ކަމަށް ރައީސް ނަޝީދަށް މައުލޫމާތު ދެއްވި ފަރާތްތަކަށް، 150 މިލިއަން ޑޮލަރުގެ ލޯނު މުޅިން ދައްކައި ނިންމާލާފައިވާކަން އަންގަންޖެހޭ ކަމަށެވެ.
ކުރީގެ ސަރުކާރުން ރާއްޖެ ބަނގުރޫޓުވާފަދަ ގޮތަކަށް ލޯނުތައް ތަރުތީބުކޮށްފައި އޮތް ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ވެރިކަމަށް ވަޑައިގެން ކުރިން 100 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ބާކީ އޮތް 50 މިލިއަން ޑޮލަރުވެސް މާތްﷲގެ ތަނަވަސް ރަޙްމަތާއެކު މިއަދު ދައްކައި ނިންމާލާފައިވާ ކަމަށެވެ.
މީގެއިތުރުން، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ތެޔޮ ފަދަ ތަކެތި މާތްﷲގެ ރަޙްމަތާއެކު ރައްޔިތުންނަށް މެދުނުކެނޑި ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ދެއްވާފައިވެއެވެ.
Ads by MACL
