ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުމުގައި ބީއެމްއެލްގެ ޑިޕޮސިޓް ފައިސާ ބޭނުންކުރިކަމަށް ދެކެވޭ ވާހަކަތައް މާލީ ވުޒާރާއިން ދޮގުކޮށްފި

50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުމުގައި ބީއެމްއެލްގެ ޑިޕޮސިޓް ފައިސާ ބޭނުންކުރިކަމަށް ދެކެވޭ ވާހަކަތައް މާލީ ވުޒާރާއިން ދޮގުކޮށްފި

50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދެއްކުމުގައި ބީއެމްއެލްގެ ޑިޕޮސިޓް ފައިސާ ބޭނުންކުރިކަމަށް ދެކެވޭ ވާހަކަތައް މާލީ ވުޒާރާއިން ދޮގުކޮށްފިއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ހާމަކޮށްފައެވެ.

މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް މި އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ.