ކުދި ޕްލާސްޓިކް ފެންފުޅި އެތެރެކުރުމާއި ވިއްކުން މަނާކުރުން 2030 އަށް ފަސްކޮށްފި
ސިންގަލް-ޔޫސް ޕްލާސްޓިކް މަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، އެއް ލީޓަރާއި އެއަށްވުރެ ކުދި ސައިޒުގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްގެން ރާއްޖެ އެތެރެކުރުމާއި އުފެއްދުން އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސައިން ކުރެއްވި ޚާއްޞަ ޤަރާރަކުން މި ބަދަލު ގެންނަވާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކަމާބެހޭ އިދާރާތަކުގެ މަޝްވަރާގެ މަތިންނެވެ.
އައު އިޞްލާޙުގައިވާ ގޮތުން، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި އަދި ވިއްކުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ.
Ads by BMLކުރިން ހަމަޖެހިފައި އޮތީ އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ފުޅީގައި ފެން ބަންދުކޮށްގެން އެތެރެކުރުމާއި އުފެއްދުން އަންނަ އަހަރުގެ ޑިސެމްބަރު 1 އިން ފެށިގެން މަނާކުރުމަށެވެ.
ތިމާވެށްޓަށް ގެއްލުންދޭ 14 ބާވަތެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކް މަރުޙަލާކޮށްގެން މަނާކުރުމަށް އެކުލަވާލި ސިޔާސަތަށް ޢަމަލުކުރަން ފެށިފަހުން، އެކި ތާރީޚުތަކަށް ބަދަލުތައް އައިސްފައިވާކަން ފާހަގަކުރެވެއެވެ.
Ads by MACL
