ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ށ. ބިލެތްފަހި ސްކޫލް އިމާރާތުގެ މަސައްކަތްތައް ކުރިއަށްދަނީ

އަތޮޅުތަކުން: ށ. ބިލެތްފަހި ސްކޫލް އިމާރާތުގެ މަސައްކަތްތައް ކުރިއަށްދަނީ

ށ. ބިލެތްފަހި ސްކޫލުގައި 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރެއިން، ފުރަތަމަ ފްލޯގެ ސްލެބް ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްޤީކޮށް، ދަރިވަރުންނަށް އެކަށީގެންވާ އުނގެނުމުގެ މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބިލެތްފަހި ސްކޫލުގައި އިމާރާތްކުރެވޭ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ ސަބަބުން އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، އިތުރު ހަރަކާތްތަކާއި އިދާރީ މަސައްކަތްތަކަށް އެކަށީގެންވާ ޖާގައެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ތަފްޞީލުތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލާލެވޭނެއެވެ.