އަތޮޅުތަކުން: ށ. ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ
ށ. ފުނަދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުގެ ބޮޑު ބައެއް ނިމި، މުޅި މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފަސްގަނޑު ފުރުމަށް (ބެކްފިލް ކުރުމަށް) ބޭނުންވާ ފަސް ކޮނުމާއި ނެގުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ފުނަދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިމާރާތްތަކާއި ތޮށިލުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.
Ads by BMLމި މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތާއި އެންމެ ފަހުގެ އަދާހަމަތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބައްލަވާލެއްވޭނެއެވެ.
Ads by MACL
