ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިހާތަނަށް 90،000 ފަތުރުވެރިން، 2025 ފެށިގެން މިދަނީ އުއްމީދީ އަދަދުތަކުން!

ފަތުރުވެރިންތަކެއް އެއަރޕޯޓުގައި ހަރަކާތްތެރިވަނީ
ފަތުރުވެރިންތަކެއް އެއަރޕޯޓުގައި ހަރަކާތްތެރިވަނީ

މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް 90،000 ޓޫރިސްޓުން އަތުވެއްޖެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތެރެއިން 70 ޕަސެންޓު ޓޫރިސްޓުން ދިޔައީ ރިސޯޓުތަކަށެވެ. އެއީ 63،400 ޓޫރިސްޓުންނެވެ. އަދި ހޮޓާތަކާއި ގެސްޓްހައުސްތަކަށް އައީ 25،000 ޓޫރިސްޓުންނެވެ. އެއީ ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 28 ޕަސެންޓެވެ. ސަފާރީތަކަށް އެ މުއްދަތުގައި އައީ 2،200 ޓޫރިސްޓުންނެވެ.

ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު އުޅެނީ 13،000 ގަ އެވެ. އެއީ ޖުމްލަ ބެޑް ކެޕޭސިޓީގެ 22 ޕަސެންޓެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 90،000 ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 83،000 ޓޫރިސްޓުންނެވެ.

ޑިސެމްބަރު/ޖެނުއަރީގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. މިދިޔަ އަހަރު އެއްވަނައިގައި އޮތް ޗައިނާ އޮތީ ހަތަރުވަނައިގަ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.