ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

މާލޭގެ ސޯސަންމަގުގައި ހުންނަ ސިޓީ ބޭކަރީ ކައިރީގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ވެ، މުޅިއެކު ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ.

އެކްސިޑެންޓާ ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެންމެ ބޮޑަށް އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާއަށެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ގޮސް، ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެ މަންޒަރުތަކުން އެނގެއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ދެ ފިރިހެނުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.