އަތޮޅުތަކުން: ބ. ތުޅާދޫ ސަގާފީ މަރުކަޒުގެ މައި އިމާރާތުގެ ކޮލަމް އެޅުމުގެ 50 އިންސައްތަ ނިމިއްޖެ
ބާ އަތޮޅު ތުޅާދޫގައި އެމްޓީސީސީން އިމާރާތް ކުރަމުން އަންނަ ދެ ބުރީގެ ސަގާފީ މަރުކަޒުގެ މަސައްކަތްތައް ހުރަހެއްނެތި ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނީ، ސަގާފީ މަރުކަޒުގެ ތެރޭގައި ހިމެނޭ ރެސްޓޯރަންޓް އިމާރާތުގެ ޓައި ބީމް އެޅުމުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ މައި އިމާރާތުގެ ކޮލަމްތައް އެޅުމުގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތުގެ 50 އިންސައްތަ ކުރެވި ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
Ads by BMLގައުމީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ރައްޔިތުންގެ ކުންފުނި، އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ގުޅުންހުރި މުހިންމު މަޝްރޫއުތައް ހިންގަމުންނެވެ.
މި މަޝްރޫއުގެ އިތުރު މައުލޫމާތާއި އެންމެ ފަހުގެ އަދާހަމަތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެއްވޭނެއެވެ.
Ads by MACL
