އިންޖިނިއާސް އެވޯޑްސް 2026ގެ ޔަންގް އިންޖިނިއަރ އެވޯޑް އެމްއޭސީއެލްގެ މުޙައްމަދު ޒިދާން ހާސިލުކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް އެޗްވީއޭސީ (HVAC) މެއިންޓެނަންސް ޓީމުގެ މެންބަރު މުޙައްމަދު ޒިދާން ޙަސަން، "އިންޖިނިއާސް އެވޯޑްސް 2026" ގެ "ޔަންގް އިންޖިނިއަރ އެވޯޑް" ހާސިލުކޮށްފިއެވެ.
މި އެވޯޑަކީ އިންޖިނިއަރިންގ ދާއިރާއިން އާދަޔާޚިލާފު ޤާބިލުކަމާއި ހުނަރުވެރިކަން ދައްކުވައިދީ، މަސައްކަތުގެ މައިދާނުގައި ފާހަގަކޮށްލެވޭފަދަ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޒުވާން އިންޖިނިއަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފުވެރި އެވޯޑެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް ފުރިހަމައަށް ހިންގުމުގައި އެމްއޭސީއެލްގެ އެޗްވީއޭސީ ޓީމުން އަދާކުރާ މުހިންމު ދައުރުގެ ތެރެއިން ޒިދާން ހޯދި މި ކާމިޔާބީއާ ގުޅިގެން އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
އެއާޕޯޓުގެ ކޫލިންގ ސިސްޓަމްތަކާއި ވެންޓިލޭޝަން އަދި އޭސީގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް ޒިދާން ދައްކުވައިދީފައިވާ މަތީ ފެންވަރުގެ ޤާބިލުކަމާއި، މަސައްކަތަށް ހުރި ސާބިތުކަމަކީ މި އެވޯޑު އޭނާއަށް ލިބުމުގެ މައިގަނޑު ސަބަބެވެ. އޭނާގެ މި ކާމިޔާބީއަކީ އެމްއޭސީއެލްގެ އެހެން ޒުވާން މުވައްޒަފުންނަށްވެސް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.
Ads by BMLއެމްއޭސީއެލް އިން ވަނީ އެއާޕޯޓުގެ އިންޖިނިއަރިންގ ދާއިރާގެ ކުރިއެރުމަށް ޒިދާން ކުރަމުންދާ މަސައްކަތްތަކަށް ސާބަސް ދީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދި އޭނާއަށް އިޚްލާޞްތެރި ތަހުނިޔާ ފޮނުވާފައެވެ.
Ads by MACL
