އަތޮޅުތަކުން: ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަންނނީ ކުރިއަށްގެންދަމުންނެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ ލީން ކޮންކުރީޓް އެޅުމުގެ މަސައްކަތްތަކާއި، ސްޓްރިޕް ފޫޓިންގ ކޮންކުރީޓް ކުރުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން ޓައި ބީމް ރީއިންފޯސްމަންޓްގެ މަސައްކަތްތަކާއި ޝަޓަރިންގގެ މަސައްކަތްތައްވެސް ސައިޓުގައި ބާރަށް ދަނީ ހިނގަމުންނެވެ.
ރައްޔިތުންގެ ކުންފުނީގެ ގޮތުގައި ޤައުމު ބިނާކުރުމުގައި އިސް ދައުރެއް އަދާކުރާ އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ހއ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ދިއްދޫގެ އިތުރުން އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.
Ads by BMLމި މަޝްރޫޢާ ބެހޭ އިތުރު އަދާހަމަތަކާއި ތަފްޞީލުތައް އެމްޓީސީސީގެ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.
Ads by MACL
