އަތޮޅުތަކުން: ދ. ރިންބުދޫ ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަޝްރޫޢުގެ ސައިޓު ސާފުކުރުމުގެ މަސައްކަތް ފަށައިފި
ދ. ރިންބުދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާއިރު، މިވަގުތު ސައިޓުގައި ކުރިއަށްދަނީ އިންފާރު ރޭނުމަށްޓަކައި ބޭނުންވާ ސައިޓު ސާފުކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގުޅިގެން އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށާއި، ފުލުހުންގެ ޚިދުމަތް އިތުރަށް ލާމަރުކަޒީކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
Ads by BMLމި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިއެރުންތައް އެމްޓީސީސީގެ ވެބްސައިޓު މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.
Ads by MACL
