ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ ވޯޓާ އޭރޯޑްރޯމް ސަޓިފިކޭޝަން އޮޑިޓް ފަށައިފި

ވީއައިއޭގެ ވޯޓާ އޭރޯޑްރޯމް ސަޓިފިކޭޝަން އޮޑިޓް ފަށައިފި

ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ގަވާއިދުތަކަށް އަމަލުކުރާ މިންވަރާއި އޮޕަރޭޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިއަށްގެންދާ ތިން ދުވަހުގެ "ވޯޓާ އޭރޯޑްރޯމް ސަޓިފިކޭޝަން އޮޑިޓް" މިއަދު ފަށައިފިއެވެ.

މި އޮޑިޓް ފެށުމުގެ ގޮތުން ބޭއްވި އެންޓްރީ ބައްދަލުވުމުގައި ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި، ކުންފުނީގެ އިސް މެނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް އެއާ ނެވިގޭޝަން ސާވިސަސް (އެމްއެންއޭޓީއެސް) ގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުން ފެށިގެން ކުރިއަށްދާ މި އޮޑިޓުގެ ތެރެއިން އެއާޕޯޓުގެ ރައްކާތެރިކަމާއި، އޮޕަރޭޝަންތަކާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރާއި، އުމްރާނީ ވަސީލަތްތަކުގެ އިތުރުން ކަނޑައެޅިފައިވާ ގަވާއިދުތަކަށް އަމަލުކުރަމުންދާ މިންވަރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަޒަންކުރަމުންދާނެއެވެ.