ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަރޮށި ކައިރިއަށް ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

މަރޮށި ކައިރިއަށް ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ށ. މަރޮށި ކައިރިއަށް ފީނަން ގޮސް އުޅުނު ރ. ދުވާފަރު ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު ތިނެއް ޖެހިފަހުން ކަމަށެވެ.

އެއީ ރ. ދުވާފަރު، ލިލީމާގޭ، އުމުރުން 30 އަހަރުގެ މުހައްމަދު ޝައްފާން އެވެ.

އެ ޒުވާނާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއްވައެވެ.

އެނގިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ށ. މަރޮށި ކައިރިން މޫދު ތެރެއިންނެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސީޓީ ސްކޭނާއި ފޮރެންސިކް ތަހުލީލުތައް ހެދުމަށްޓަކައި އެ ޒުވާނާގެ ހަށިގަނޑު މިހާރު އޮތީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ އިތުރު ކަންކަން ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.