ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ހއ. ހޯރަފުށީ މަގުހެދުމުގެ ތިންވަނަ ފޭސްގެ ދަށުން ޕޭވްމަންޓް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ

އަތޮޅުތަކުން: ހއ. ހޯރަފުށީ މަގުހެދުމުގެ ތިންވަނަ ފޭސްގެ ދަށުން ޕޭވްމަންޓް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ

ހއ. ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ތިންވަނަ ފޭސްގެ ދަށުން، މަގުތަކުގެ ދެފަރާތުގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ "ހއ. ހޯރަފުށި ރޯޑްސް - ފޭސް 3" މަޝްރޫޢުގެ މަސައްކަތްތައް ސައިޓުގައި ބާރުސްޕީޑްގައި ކުރިއަށްދާއިރު، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ މަގުތަކުގައި ހިނގާ މީހުންނަށް ޚާއްޞަ ސައިޑްވޯކް (ޕޭވްމަންޓް) އެޅުމުގެ މަސައްކަތެވެ.

މި މަޝްރޫޢަކީ ހޯރަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، ރަށުގެ ދަތުރުފަތުރާއި ހިނގައިއުޅުމަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ އެރަށުގެ މަގުހެދުމުގެ އިތުރު ފޭސްއެއްގެ ގޮތުގައި ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފީސަރ ޙަސަން ނައުފަލްއެވެ.

ޤައުމު ބިނާކުރުމުގެ މުހިންމު މަޝްރޫޢުތައް ހިންގަމުން އަންނަ ރައްޔިތުންގެ ކުންފުނި، އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އަދާހަމަތައް އެ ކުންފުނީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ ކަމަށެވެ.