އަތޮޅުތަކުން: ކ. ހިންމަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ފަށައިފި
ކ. ހިންމަފުށީގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، އެ ސެންޓަރު އިމާރާތްކުރާ ބިން އެއްވަރުކުރުމާއި ކޮމްޕެކްޝަން މަސައްކަތްތައް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބިންގަނޑު ހަމަހަމަކޮށް، އިމާރާތް ކުރުމުގެ އަސާސީ މަސައްކަތްތަކަށް ސައިޓް ތައްޔާރުކުރުމުގެ މަރުހަލާ ކަމަށެވެ.
މި ސެންޓަރު ގާއިމުކުރެވުމުން ހިންމަފުށީގެ ކުޅިވަރާއި ކަސްރަތުގެ ވަސީލަތްތައް އިތުރަށް ފުޅާވެ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރަށުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އަދި ޒުވާނުންގެ ހުނަރުތައް ތަރައްގީކޮށް، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް މިފަދަ ސެންޓަރެއްގެ މުހިންމުކަން ބޮޑެވެ.
Ads by BMLސަރުކާރުން ރަށްރަށުގެ އިޖުތިމާއީ އަދި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން، އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖޭގެ ތަފާތު ރަށްރަށުގައި ފިޓްނަސް ސެންޓަރުތަކާއި ކުޅިވަރު މައިޒާންތައް ބިނާކުރުމުގެ މަސައްކަތްތައް އަންނަނީ ހުއްޓުމެއްނެތި ކުރިއަށްދަމުންނެވެ.
އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިފަދަ ތަރައްގީގެ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ އަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަށެވެ. މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތައް އެކުންފުނީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެއެވެ.
Ads by MACL
