ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އދ. ދިއްދޫ ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް

އަތޮޅުތަކުން: އދ. ދިއްދޫ ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު މަތިކުރުމަށް ހިންގާ އަޕްގްރޭޑިންގ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ރޫފް ބީމް ޝަޓަރިންގ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދާ ރޫފް ބީމް ޝަޓަރިންގ މަސައްކަތްތަކަކީ އިމާރާތުގެ ފުރާޅުގެ ކޮންކްރީޓް އޮނިގަނޑު އެޅުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަރުޙަލާއެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ތަނުގެ އަމަލީ މަސައްކަތްތައް ނިންމައި، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.

ދިއްދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމުމުން، އެ ރަށުގެ ސިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތާއި އަދާހަމަތައް އެމްޓީސީސީގެ މަޝްރޫޢުތަކާ ބެހޭ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ބަލާލެވޭނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.