ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ނ. މަނަދޫ ފިޓްނަސް ސެންޓަރުގެ ކޮންކްރީޓް އަދި ފުރާޅުގެ މަސައްކަތްތައް ބާރަށް ކުރިއަށް

އަތޮޅުތަކުން: ނ. މަނަދޫ ފިޓްނަސް ސެންޓަރުގެ ކޮންކްރީޓް އަދި ފުރާޅުގެ މަސައްކަތްތައް ބާރަށް ކުރިއަށް

ނ. މަނަދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮންކްރީޓް އެޅުމާއި ފުރާޅުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫޢުގެ ސައިޓުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ގްރައުންޑް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތާއި، އެކަމަށް ބޭނުންވާ ދަގަނޑު ބަންނަ (ރީއިންފޯސްމަންޓް) މަސައްކަތްތަކެވެ.

މީގެ އިތުރުން، އިމާރާތުގެ ފުރާޅު އެޅުމަށްޓަކައި އަރުވަންޖެހޭ ރޫފް ޓްރަސްތައް އެކުލަވާލައި އެޅުމުގެ މަސައްކަތްތައްވެސް ސައިޓުގައި މިހާރު ދަނީ ކުރަމުންނެވެ.

މިއީ މަނަދޫގެ ރައްޔިތުންނާއި ޒުވާނުންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ހަރަކާތްތައް އިތުރުކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.