އަތޮޅުތަކުން: ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށުގައި ބިން ހިއްކުމާއި ފުންކުރުމުގެ މައިގަނޑު މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ އިތުރުން، ރަށުގެ ގިރާ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މުހިންމު މަސައްކަތްތައް ކުރިއަށްދާނެއެވެ.
މި މަޝްރޫޢާ ބެހޭ އިތުރު އަދާހަމަތަކާއި ތަފްޞީލުތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް އިން ބަލައިލެވޭނެއެވެ.
Ads by BML
Ads by MACL
