ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލުގެ އެެއްވެސްތަނެއް ރައްކާތެރިއެއްނޫން، މިއީ ވޭންދެނިވި ބަދަލުހިފުމެއް: އިރާން

އިސްރާއީލުގެ އެެއްވެސްތަނެއް ރައްކާތެރިއެއްނޫން، މިއީ ވޭންދެނިވި ބަދަލުހިފުމެއް: އިރާން

އިސްރާއީލުގެ އެއްވެސް ތަނެއް ރައްކާތެރިނޫން ކަމަށާއި، މިއީ ވޭންދެނިވި ބަދަލު ހިފުމެއް ކަމަށް އިރާނުގެ އޮފިޝަލުން ބުނެފިއެވެ.

"އިރާނުގެ އިސް އޮފިޝަލެއް ރޮއިޓަރސްއަށް ވިދާޅުވެފައިވަނީ "އިސްރާއީލުގެ އެއްވެސް ތަނެއް ރައްކާތެރިއެއް ނުވާނެ، އަޅުގަނޑުމެންގެ ބަދަލުހިފުން ވާނީ ވޭންދެނިވި އެއްޗަކަށް" ކަމަށެވެ.

އެ އޮފިޝަލް ނޫސް އެޖެންސީއަށް ވިދާޅުވެފައިވަނީ "އަޅުގަނޑުމެންގެ ކޮމާންޑަރުންނާއި، ސައިންޓިސްޓުންނާއި، ރައްޔިތުން މެރުމުގެ ސަބަބުން އިސްރާއީލުން ބޮޑު އަގެއް ދައްކަން ޖެހޭނެ" ކަމަށެވެ."

އިރާނުން ދަނީ ބަދަލުހިފުމުގެ ގޮތުން، އިސްރާއީލަށް ބަދަލު ހިފަމުންނެވެ.