އެލް ސްޓޫޑިއޯއިން އައިފޯން 18 ރާއްޖޭގެ ބާޒާރަށް ނެރެފި، ޑިސްކައުންޓާއެކު ތަފާތު ޕްރޮމޯޝަނެއް!
ދުނިޔޭގެ މަޝްހޫރު އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 18، ރާއްޖޭގައި އެޕަލްގެ އުފެއްދުންތައް ވިއްކަމުން އަންނަ މަޝްހޫރު ފިހާރަ "އެލް ސްޓޫޑިއޯ" އިން ރަސްމީކޮށް ދިވެހި ބާޒާރަށް މިއަދު ނެރެފިއެވެ.
މި ފޯނު ބާޒާރަށް ނެރުމާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކަކާއި ތަފާތު ޕްރޮމޯޝަންތަކެއް ވަނީ ތައާރަފުކޮށްފައެވެ.
އެލް ސްޓޫޑިއޯއިން މައުލޫމާތު ދޭ ގޮތުގައި، ފޯނު ލޯންޗުކުރާ ދުވަހާ ގުޅުވައިގެން ހާއްސަ އިނާޔަތްތަކެއް ކަސްޓަމަރުންނަށް ވަނީ ހަމަޖައްސައިދީފައެވެ.
Ads by BMLއެގޮތުން، ފޯނު ބައްލަވައިގަނެ ހިދުމަތް އެކްޓިވޭޓް ކުރާ ކޮންމެ ކަސްޓަމަރަކަށް އެޕަލްގެ އަސްލު 20 ވޮޓްގެ އެޑަޕްޓަރެއް މުޅިން ހިލޭ ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޮންމެ ފޯނަކަށް 500 ރުފިޔާގެ އަގުހުރި ކޭޝް ބެކް އިނާޔަތެއް ވެސް މި ޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.
މި އުފާވެރި ހަބަރާއެކު، އެލް ސްޓޫޑިއޯ އަކީ ދިވެހިރާއްޖޭގައި ހުޅުވުނު އެޕަލްގެ ފުރަތަމަ "މޮނޯ ސްޓޯަރ" ވެސްމެއެވެ.. މިއީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ސްޓޯރު ހުޅުވުމާއެކު، ދިވެހި ކަސްޓަމަރުންނަށް އެޕަލް ކުންފުނީގެ ފުރިހަމަ ތަޖުރިބާ އެއް ފުރާޅެއްގެ ދަށުން ލިބިގެންދެއެވެ.
މި މޮނޯ ސްޓޯރުން އެޕަލް ބްރޭންޑުގެ އަސްލު ހުރިހާ އުފެއްދުންތަކާއި، ފޯނު އަދި އެހެނިހެން ޑިވައިސްތަކަށް ބޭނުންވާ އެކި ވައްތަރުގެ އެކްސެސަރީޒް ފަސޭހަކަމާއެކު ބައްލަވައިގަންނަން ލިބެން ހުންނާނެއެވެ. އަދި ހަމައެއާއެކު، އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތައް ގަތުމުގެ ކުރިން އަމިއްލައަށް ބަލައި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ސްޓޯރަށް ޒިޔާރަތްކުރާ ހުރިހާ ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.
އައިފޯން 18 އަށް އޯޑަރު ދިނުމާއި އިތުރު މައުލޫމާތު ހޯދުން މިހާރު އެލް ސްޓޫޑިއޯގެ ޝޯރޫމްތަކުންނާއި އެ ފަރާތުގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އެލް ސްޓޫޑިއޯއިން ހާމަކުރެއެވެ.
Ads by MACL
