ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސޯސަންމަގު އެގްސިޑެންޓްގައި އަނިޔާވި މާހިދާ ނިޔާވެއްޖެ، ކަށުނަމާދު ފަތިސް ނަމާދަށްފަހު، ހެޔޮދުއާ ކޮށްދެއްވާ!

ސޯސަންމަގު އެގްސިޑެންޓްގައި އަނިޔާވި މާހިދާ ނިޔާވެއްޖެ، ކަށުނަމާދު ފަތިސް ނަމާދަށްފަހު، ހެޔޮދުއާ ކޮށްދެއްވާ!

ސޯސަން މަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވިި އަންހެން މީހާ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް އޭޑީކޭގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިއަދު 17:26 އެހާކަންހާއިރެވެ.

އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ ށ. ފޯކައިދޫ، މަގުމަތީގެ އައިޝަތު މާހިދާ 26އ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އިމިގްރޭޝަންގައެވެ.

މާހިދާގެ ކަށުނަމާދު އޮންނާނީ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ އާދިއްތަ ދުވަހުގެ ރޭ 1:50 ހާއިރު ސޯސަން މަގު ސިޓީ ބޭކަރީ ކުރިމަތިން ވޭވް 125 ބްރޭންޑުގެ ކަޅު ކުލައިގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ތަނުން ވޭވް ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެކެވެ. އޭނާ ސައިކަލް ދުއްވީ ޒިގްޒެގްކޮށްކަމަށް ފުލުހުން ބުނެއެވެ. މިހާރު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މާހިދާ އިން ސައިކަލްގެ ފަހަތުގައި އިން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.