ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ސިންގަޕޫރުގައި އެމަނިކުފާނުގެ ދެކަނބަލުން މަޑުކުރައްވާނެ ވަކި މުއްދަތެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. އަދި މި ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލެއްވެސް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އާންމު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ތިއްބަވާ ބޭފުޅުން ކުރައްވާ މިފަދަ ނުރަސްމީ ދަތުރުފުޅުތަކަކީ އަމިއްލަފުޅު ކަންކަމުގައި ނުވަތަ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅުތަކެކެވެ.
Ads by BMLމީގެ ކުރިންވެސް ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެގޮތުން އިސްވެ ކުރެއްވި ދަތުރުފުޅެއްގައި، ސިންގަޕޫރުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި އެ މީހުންގެ ޙާލުއަޙުވާލު ބައްލަވާލައްވާފައިވެއެވެ.
Ads by MACL
