ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނަން: އިރާން އަސްކަރިއްޔާ

އިސްރާއީލަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނަން: އިރާން އަސްކަރިއްޔާ

އިސްރާއީލާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށްދާނެ ކަމަށް އީރާނުގެ އަސްކަރީން ބުނެފިއެވެ.

ރޭ އީރާނުން ދިން ހަމަލާތައް ރަނގަޅު ވަގުތުގައި އަދި ފެށޭނެ ކަމަށް ސިއްރު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އީރާނާއި އިސްރާއީލުން އެއްބަޔަކު އަނެއްބަޔަކަށް މިސައިލްތަކާއި ވައިގެ ހަމަލާތައް ދީފައިވަނީ ހުކުރު ދުވަހުގެ ފަތިހު އިސްރާއީލުން އެ ޤައުމުގެ އަބަދުގެ ދުޝްމަނާ ދެކޮޅަށް އެންމެ ބޮޑު ވައިގެ ހަމަލާ ދިނުމަށްފަހުއެވެ.

މީގެ އިތުރުން އިސްރާއީލުން އިތުރަށް ހަމަލާދީފި ނަމަ ނިއުކްލިއާ ހަތިޔާރު އީރާނުން ބޭނުންކޮށްފާނެކަމަށް އެމެރިކާގެ ތަޖުރިބާ ކާރުންދަނީ ބުނަމުންނެވެ.