ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާއާއެކު އެމްއޭސީއެލްގެ އަމާޒު ހާމަކޮށްފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާއާއެކު އެމްއޭސީއެލްގެ އަމާޒު ހާމަކޮށްފި

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ މައި އެއާޕޯޓް އޮޕަރޭޓްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޚާއްޞަ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވައިފިއެވެ.

ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރާއްޖޭގެ ރީތި ރަށްތަކާއި ގުދުރަތީ ރީތިކަން ބަލައި ހޯދުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަގުފަހިކޮށްދީ، މަރުޙަބާ ކިޔުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ފަޚުރެއްގެ ގޮތުގައި އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކޮންމެ ދަތުރުވެރިއަކަށްވެސް އަމާން، ފަސޭހަ އަދި އުފާވެރި ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ އީޖާދުތަކާއި ނިއު ޓެކްނޮލޮޖީގެ ބޭނުން ހިފުން އަންނަނީ އިތުރުކުރަމުންނެވެ.

އެއްދުވަހުން އަނެއްދުވަހަށް އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރަމުންދާއިރު، އެމްއޭސީއެލްގެ އެންމެ ބޮޑު އިސްކަމެއް ދެނީ ކޮންމެ ދަތުރެއްގެވެސް މައިގަނޑު އަސާސަކީ އަދި ހިތަކީ އިންސާނުން ނުވަތަ ދަތުރުވެރިން ކަމުގައި ހަދައި، އެމީހުންނަށް އޯގާތެރި އަދި މެހެމާންދާރީ ބޮޑު ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 27 ވަނަ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރަކީ ފަތުރުވެރިކަން ކަމަށްވުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.