ފެނާއި ނަރުދަމާގެ މުހިންމު އެއްބަސްވުމެއްގައި ފެނަކައާއި އެމްޑަބްލިއުއެސްސީއާއި ދެމެދު ސޮއިކޮށްފި
އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކުރުމަށްޓަކައި، އެ ކުންފުންޏާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމަކީ، އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް މިހާރު ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުނުކެނޑި، އިތުބާރާއެކު ފޯރުކޮށްދިނުމަށް އިސްކަންދީގެން، ނިޒާމީ އަދި ތަރުތީބުކުރެވިފައިވާ ގޮތެއްގައި މަސައްކަތްތައް ބަދަލުކުރުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑެކެވެ.
Ads by BMLމިގޮތުން، މި ދެ ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފެނަކައިގެ ފަރާތުން އެމްޑަބްލިއުއެސްސީއަށް ބަދަލުކުރެވޭއިރު، ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަމަށް ދެކުންފުނިންވެސް ވިދާޅުވެއެވެ.
Ads by MACL
