ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ބ. ކުޑަރިކިލި ސްކޫލްގެ 4 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ

އަތޮޅުތަކުން: ބ. ކުޑަރިކިލި ސްކޫލްގެ 4 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ

ބ. ކުޑަރިކިލި ސްކޫލްގައި އިމާރާތްކުރަމުންދާ 4 ކްލާސްރޫމްގެ މަޝްރޫޢުގެ މުޅި ޖުމްލަ 55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މުޅި މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފްލޯގެ ރޭނުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢަކީ ކުޑަރިކިލި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަރިވަރުންނަށް އެކަށީގެންވާ ފުރިހަމަ ތަޢުލީމީ މާޙައުލެއް ބިނާކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢާ ބެހޭ އިތުރު މަޢުލޫމާތާއި ފަހުގެ އަޕްޑޭޓްތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ރައްޔިތުންގެ ކުންފުނި، އެމްޓީސީސީގެ ޓީމުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ އަދި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިކުމަތްތެރިކަމާއެކު ހިންގަމުންނެވެ.