މި ހަފްތާ ބަންދުގައި "ދެވި" ގެ 39 ޝޯ ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުވަނީ
މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އަދި ފިލްމީ ތަރި މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނިކުތް ފުރަތަމަ ފިލްމު "ދެވި" އަށް ބެލުންތެރިންގެ ބޮޑުތަރުޙީބެއްލިބެމުންދާއިރު، މި ހަފްތާ ބަންދުގައި އެކަނިވެސް ރާއްޖޭގެ އެކި ރަށްރަށުގައި މި ފިލްމުގެ 39 ޝޯއެއް އަޅުވަން ތައްޔާރުވެއްޖެއެވެ.
އޮކްޓޯބަރު 1 އިން ފެށިގެން ރަށްރަށުގައި މި ފިލްމު ދައްކަން ފަށާއިރު، މާލޭ އޮލިމްޕަސް ސިނަމާގެ އިތުރުން އެކި ރަށްރަށުންވެސް "ދެވި" ގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ.
އޮލިމްޕަސް ސިނަމާގައި ކުލަގަދަ ހަފްލާއަކުން ޕްރިމިއަރ ކުރި މި ފިލްމަކީ ޓެކްނިކަލް ގޮތުން ދިވެހި ސިނަމާގައި މިހާތަނަށް ކުރެވުނު އެންމެ ފެންވަރު ރަނގަޅު އެއް މަސައްކަތުގެ ގޮތުގައި ފަންނީ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
Ads by BMLޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން، ވީއެފްއެކްސް އަދި އެމްއެންޑީއެފްގެ އެސްއޯޖީ ޓީމާއެކު ނަގާފައިވާ އެކްޝަން މަންޒަރުތަކަށް ބެލުންތެރިންގެ ބޮޑު ތަޢުރީފެއް ދަނީ ތަރުޙީބާއެކު އޮއްސެމުންނެވެ.
ހުސެން ހާޒިމް (ސޭންޑީ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުން އައްޒަގެ އިތުރުން ޝަރަފް އަބްދުﷲ އާއި މުޅިން އަލަށް ތަޢާރަފްވި ހަމްދާން ސަލީމް ފެނިގެންދެއެވެ.
އަތޮޅުތެރޭގެ އެކި ރަށްރަށުގައި "ދެވި" އަޅުވަމުންދާއިރު، އިތުރު ރަށްރަށުންވެސް ފިލްމު ދެއްކުމަށް އެދެމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ޝޯތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެއެވެ.
Ads by MACL
