އަތޮޅުތަކުން: ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ
ނ. ވެލިދޫގައި އިމާރާތް ކުރަމުންދާ ޖޫނިއާ ކޮލެޖުގެ މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އިމާރާތުގެ ކަރަންޓު ވަޔަރިންގ ކުރުމުގެ މަސައްކަތްތަކާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ އަތޮޅުތަކުގައި މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ހާސިލުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.
Ads by BMLނ. ވެލިދޫގައި ގާއިމުކުރާ މި ޖޫނިއާ ކޮލެޖުގައި ކްލާސްރޫމްތަކާއި، ވޮކޭޝަނަލް ލެބޯޓްރީތަކާއި، އިދާރީ ބަޔާއި، އޮޑިޓޯރިއަމްގެ އިތުރުން ދަރިވަރުންގެ އަމަލީ ތަމްރީނުތަކަށް ބޭނުންވާ އެކި ކަހަލަ މުހިންމު ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.
ޤައުމު ބިނާކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުން އަންނަ އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ކުރިއެރުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަތައް އެ ކުންފުނީގެ ޕްރޮޖެކްޓް މައުލޫމާތު ހާމަކުރާ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލާލެވޭނެ ކަމަށެވެ.
Ads by MACL
