އަތޮޅުތަކުން: ގދ. ތިނަދޫ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށް
ގދ. ތިނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖްގެ ސިވިލް މަސައްކަތްތަކާއި އެއާ ގުޅޭ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެޑްމިން އިމާރާތް ބިނާކުރުމުގެ މަސައްކަތާއި، ކޯލްޑް ސްޓޯރޭޖް އިމާރާތުގެ މަސައްކަތުގެ އިތުރުން ކެމިކަލް އަދި ލޮނު ސްޓޯރ ގާއިމުކުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ގދ. ތިނަދޫ އަދި ދެކުނުގެ މަސްވެރިންނަށް ފަސޭހަކަމާއެކު މަސް ކިރުވުމާއި، މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެކެވެ. މި ވަސީލަތްތައް ގާއިމުވެގެން ދިއުމުން ސަރަހައްދީ މަސްވެރިކަމަށް ބޮޑު އިގްތިސާދީ ނަފާއެއް ލިބިގެންދާނެއެވެ.
Ads by BMLމި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.
ޤައުމީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމުގައި އެމްޓީސީސީން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އިގްތިސާދީ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by MACL
