ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް

އަތޮޅުތަކުން: ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް

ގދ. ގައްދޫގައި އެމްޓީސީސީން ކުރިއަށްގެންދާ އާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ސަބް-ސްޓްރަކްޗަރަލް ނުވަތަ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، ގައްދޫގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުފަހިކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން، އިމާރާތުގެ ތަކީގެ މަސައްކަތްތައް ބާރުސްޕީޑުގައި މިހާރު ދަނީ ކުރެވެމުންނެވެ.

ޤައުމު ބިނާކުރުމުގެ މަޝްރޫޢުތަކުގައި "ރައްޔިތުންގެ ކުންފުނި" އެމްޓީސީސީން އިސް ދައުރެއް އަދާކުރަމުންދާއިރު، މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިއެރުންތައް އެ ކުންފުނީގެ ޚާއްޞަ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.