ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހެކި ހުރިކަމަށް ހުސްކަރުދާހެއް ދެއްކި އިމްރާން: ދީނާއި ގައުމު ދިފާއުގައި ތެދުވާންވެއްޖެ!

ހެކި ހުރިކަމަށް ހުސްކަރުދާހެއް ދެއްކި އިމްރާން: ދީނާއި ގައުމު ދިފާއުގައި ތެދުވާންވެއްޖެ!

ދީނާއި ގައުމުގެ ދިފާއުގައި ރައްޔިތުން އަނެއްކާވެސް ތެދުވަން ވެއްޖެ ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

މީގެ ކުރިން ބޭއްވި ބޮޑު މުޒާހަރާއެއްގައި މަރުގެ މައްސަލައެއްގެ ހެކި ހުރި ކަމަށް ވިދާޅުވެ ހުސް ކަރުދާސްތަކެއް ދައްކަވައިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އިމްރާން، މިފަހުން އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ފަހަރަކު ވެސް ދިވެހީން އެކަންކަމާ ދެކޮޅަށް ތެދުވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އިމްރާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިލުމުން ވެސް ކަންކަން ހިނގައިދިޔަ ގޮތް ފެންނަން އެބައޮތް ކަމަށެވެ.

"ވަކީން ހާއްސަކޮށް މި ރާއްޖޭގެ ފަހުގެ ތާރީހަށް ބަލާލީމާ ރައީސް މުއިއްޒަށް ސާފުވެވަޑައިގަންނަވަންވާނެ އެއްކަމަކީ ދީނާއި ގައުމަށް ޣަދަރުވެރިވުމުގެ ނަތީޖާ ޚުދު އެމަނިކުފާނަށް ވެސް ހިތިވާނެކަން،" އިމްރާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު، އޭނާއަކީ ސިޔާސީ މަންފާއަށްޓަކައި އަބަދުވެސް "ދީނީ ކާޑު" ކުޅުއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އަދި އޭނާ މި ދަނޑިވަޅުގައި މިފަދަ ވާހަކަތަކެއް ދައްކަވަން ފެއްޓެވީ، މި ސަރުކާރުން ރައްޔިތުންގެ ގެދޮރުވެރިކަމަށްޓަކައި ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ "ރަސްމާލެ" ޕްރޮޖެކްޓް ހުއްޓުވައި، ސަރުކާރުގެ ތަރައްގީގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން، އަމިއްލަ ސިޔާސީ އެދުން އިސްކުރައްވައިގެން ގައުމުގައި ފިތުނަ އުފެއްދުމަށް ދީނުގެ ނަން ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.