ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާން-އިސްރާއިލް ހަނގުރާމަ ގޯހުން ގޯހަށް، އިސްރާއީލުގެ ހަމަލާތައް ތެލާއި ގޭސް ފެކްޓްރީތަކަށް،

އިރާންގެ ޕޯޓުގައި ދުމުގެ އަސަރު
އިރާންގެ ޕޯޓުގައި ދުމުގެ އަސަރު

އީރާނުގެ ތެލުގެ މައިގަނޑު ވަސީލަތްތަކަށް އަމާޒުކުރުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އީރާނުގެ މީޑިއާތަކުން  ވަނީ އެ ޤައުމުގެ ތެލުގެ މައިދާންތަކާއި ތެޔޮ ސާފުކުރާ މަރުކަޒުތަކަށް އިސްރާއީލުން ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މި ހަމަލާތަކުގެ ސަބަބުން، އެއީ ދެ ޤައުމުގެ ދެމެދުގައި އާ ހަނގުރާމައެއްގެ ފެށުމެއް ކަމުގައި ބެލެވިދާނެއެވެ.

އަދި މީގެ ސަބަބުން ބައިނަލްއަޤްވާމީ ތެލުގެ އަގުތަކަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އީރާނުގެ އިސް ފަރާތްތަކުން ކުރިން ވަނީ އެ ޤައުމުގެ ތެލުގެ ދާއިރާއަށް ހަމަލާ ދިނުމުން ހަރުކަށި ގޮތަކަށް ބަދަލުދޭނެ ކަމަށް އިންޒާރުދީފައެވެ.

އިސްރާއީލަކީ ތެޔޮ އުފައްދާ މާބޮޑު ގައުމެއް ނޫން ނަމަވެސް، އެ ޤައުމުގައި ތެލާއި ގޭހުގެ މައިދާންތައް ވުޖޫދުވެފައިވެއެވެ.

އަދި މި ތަންތަނަށް އީރާނުގެ މިސައިލްތަކުން އަމާޒުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، ޓެހުރާނުން އިސްރާއީލުގެ އެހެނިހެން އިޤްތިޞާދީ ވަސީލަތްތަކަށްވެސް ބަދަލުހިފުމުގެ ގޮތުން ހަމަލާ ދިނުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ.

މި ފަދަ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސިޔާސީ އަދި އިޤްތިޞާދީ ހަލަބޮލިކަން އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.