މާލޭގެ މައި ބަނދަރުގެ އޮޕަރޭޝަން އަންނަ އަހަރުގެ ނޮވެމްބަރަށް ތިލަފުށްޓަށް ބަދަލުކުރަނީ
މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމައި އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް މުޅި އޮޕަރޭޝަން އެއްކޮށް ބަދަލުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައު ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިއްޔެ އަމިއްލަފުޅަށް ބައްލަވާލެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، މި ބަނދަރުގެ ޚިދުމަތްތައް ފެށުމާއެކު ރާއްޖޭގެ ޕޯޓު ކެޕޭސިޓީ ހަތަރު ގުނައަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާ އިތުރު ހަރުފަތަކަށް އުފުލައި، ބައިނަލްއަޤްވާމީ ވިޔަފާރިއަށް ރާއްޖެ ފުޅާކޮށް ހުޅުވާލުމަށް ލިބޭނެ މުހިންމު ފުރުޞަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ނުހަނު އިސްކަންދީގެން ކުރިއަށްދާ މި މަޝްރޫޢުގެ ރޭވުންތެރިކަމާއި މަސައްކަތުގެ ހިނގުމާމެދު ހިތްޕުޅުހަމަޖެހޭކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މާލޭގައި މިހާރު ބޭނުންކުރާ ބަނދަރަކީ މީގެ 40 އަހަރު ކުރީގެ އާބާދީއަށް އަމާޒުކޮށް ހެދި ތަނަކަށްވާތީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ.
Ads by BMLމަޝްރޫޢުގެ ތާވަލާ އެއްގޮތަށް 2027 ވަނަ އަހަރު މާލޭ ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުއްޓަށް ބަދަލުކޮށް، 2028 ގެ ނިޔަލަށް މުޅި މަޝްރޫޢު ފުރިހަމައަށް ނިމުމުން، މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމާއި ޓްރެފިކް މައްސަލައަށް އެދެވޭ ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
Ads by MACL
