ވީއައިއޭގެ ރަންވޭ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެމްއޭސީއެލްއިން ބޭއްވި ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި ދެވަނަ "ލޯކަލް ރަންވޭ ސޭފްޓީ ޓީމް" (އެލްއާރުއެސްޓީ) ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ۔ މި ބައްދަލުވުން ރިޔާސަތު ބެލެހެއްޓެވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ۔
މި ބައްދަލުވުމުގައި އެއާޕޯޓުގެ އެތެރޭގެ އަދި ބޭރުގެ މުހިންމު ކަމާބެހޭ ފަރާތްތަކާއި އެކި އިދާރާތަކުން ބައިވެރިވެފައިވެއެވެ۔ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްގަމު އަދި ފުރާދުއްވާ (ވޯޓާ) އެއުރޯޑްރޯމްގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމެވެ۔
ބައްދަލުވުމުގެ ތެރޭގައި ރަންވޭގެ ސަލާމަތީ ކަންކަން ކުރިއަށްގޮސްފައިވާ ގޮތުގެ ކާރިޔާބީތަކާއި، މިހާރު ކުރިއަށްދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ އިތުރުން، އެއާޕޯޓުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާ ތަފާތު އިނިޝިއޭޓިވްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މުރާޖައާކޮށްފައިވެއެވެ۔
Ads by BMLމިއަދުގެ ބައްދަލުވުމުން ރަމްޒުކޮށްދެނީ އެއުރޯޑްރޯމްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ސަލާމަތީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، އަދި ހިދުމަތްތަކުގެ އޮޕަރޭޝަނަލް ފުރިހަމަކަން ދެމެހެއްޓުމަށް އެމްއޭސީއެލްއިން ދޭ އިސްކަމާއި ކުރާ ނުގުޑާ މަސައްކަތެވެ۔
Ads by MACL
