ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިއެޓްނާމްގެ އެކްސްޕޯޓް އުފެއްދުންތަކުގެ ފެއާގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފި

ވިއެޓްނާމްގެ އެކްސްޕޯޓް އުފެއްދުންތަކުގެ ފެއާގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލައިފި

ވިއެޓްނާމްގެ ހޯޗިމިން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވިއެޓްނާމް އެކްސްޕޯޓް ޕްރޮޑަކްޓްސް ފެއާ 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނާއި ގަންނަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

ޯމޯލްޑިވްސް ވިއެޓްނާމް އިކޮނޮމިކް އެސޯސިއޭޝަން (އެމްވީއީއޭ) އިން މަޢުލޫމާތު ދޭ ގޮތުގައި މި ފެއާ އޮންނާނީ އޮކްޓޫބަރު މަހުގެ 22 އިން 24 ގެ ނިޔަލަށެވެ.

މި ފެއާގެ ތެރެއިން އެކްސްޕޯޓު ވިޔަފާރިކުރާ ވިއެޓްނާމްގެ މުދާ އުފައްދާ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ބީ2ބީ ބިޒްނަސް މެޗިންގް ބައްދަލުވުންތަކުގައި ބައިވެރިވުމާއި، މުދާ އެތެރެކުރުމާއި ޑިސްޓްރިބިއުޓް ކުރުމުގެ ފުރުޞަތުތައް ހޯދުމުގެ އިތުރުން ހޮވާލެވޭ ބައެއް ފެކްޓަރީތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި ފެއާގައި ބައިވެރިވާ ބޭރުގެ ޝަރުތުހަމަވާ ގަންނަ ފަރާތްތަކަށް (ކުއާލިފައިޑް ބަޔާސް) 3 ރޭގެ އެކޮމޮޑޭޝަނާއި، ކެއުމުގެ އިންތިޒާމުގެ އިތުރުން އެއާޕޯޓާއި ދަތުރުފަތުރުގެ ޚިދުމަތްތަކާއި ބިޒްނަސް ވިޒިޓްތައް ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 2026 އޮކްޓޫބަރު 7 ވާ ބުދަ ދުވަހެވެ.

މި ފެއާގައި ބައިވެރިވާން އެދޭ ދިވެހި ވިޔަފާރިވެރިންނަށް ކަންކަން މޯގަނައިޒްކުރުމާއި އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުމަށް އެމްވީއީއޭ އިން ވަނީ ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.