މެސީއަށް އިތުރު ލަގަބެއް، ދެން ކިޔާނީ ޑރ. ލިއޮނަލް މެސީ!
ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް އެންޑްރޭސް މެސީ ކުޗިޓިނީގެ ކާމިޔާބީގެ ލިސްޓަށް އަނެއްކާވެސް ވަރަށް ޚާއްޞަ އަދި ތާރީޚީ ޝަރަފެއް އިތުރުވެއްޖެއެވެ.
އެގޮތުން އާޖެންޓީނާގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ޔުނިވަރސިޓީން ދޭ އެންމެ މަތީ ޝަރަފުވެރި ޑިގްރީ މެސީއަށް އެރުވުމަށް މިހާރު ވަނީ ނިންމާފައެވެ.
މުޅި ދުނިޔެ ބަލައިގެންފައިވާ މި މޮޅު ކުޅުންތެރިޔާއަށް މި ޝަރަފު އަރުވަނީ އާޖެންޓީނާގެ މަޝްހޫރު "ޔުނިވަރސި
Ads by BMLޓީ އޮފް ބުއެނޯސް އައިރެސް" (ޔޫ.ބީ.އޭ) އިންނެވެ. އެ މުއައްސަސާއިން ވަނީ މެސީއަށް އެ ޔުނިވަރސިޓީގެ އެންމެ މަތީ ޝަރަފުވެރި ލަގަބު ކަމަށްވާ "ޑޮކްޓަރ އޮނޮރިސް ކައުސާ" (އޮނަރަރީ ޑޮކްޓަރޭޓް) ދިނުމަށް ނިންމާފައެވެ. މިއާއެކު ދެން އޭނާއަށް ޑޮކްޓަރ ލިއޮނަލް މެސީގެ ނަމުން ވެސް މުޚާޠަބު ކުރެވިދާނެއެވެ.
މި ޚާއްޞަ ޝަރަފު މެސީއަށް އެރުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އަންގާރަ ދުވަހުއެވެ. އެއީ އާޖެންޓީނާގެ ޤައުމީ ޓީމަށް އޭނާ ކުޅެދޭ ވަދާޢީ މެޗުގައި ބެނިންއާ ދެކޮޅަށް ކުޅުމަށް ދަނޑަށް ނުކުތުމުގެ ކުރިން ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ފުޓްބޯޅައިގެ ދަނޑުމަތީގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކާއި، ޤައުމުގެ ނަން ދުނިޔޭގެ ފެންވަރުގައި ރީތިކޮށްދިނުމުގައި ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް އަގުވަޒަންކުރުމުގެ ގޮތުން ދެވޭ މި ޝަރަފަކީ، ލިއޮނަލް މެސީގެ ޙަޔާތުގައި ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އަދި ފަޚުރުވެރި ކާމިޔާބީއެކެވެ.
Ads by MACL
