ލޮޖިކް: އީގަލް ހިލްސް މަޝްރޫއު ރަސްމާލޭގައި ކަމަކު ނުދޭ، އައްޑޫ ސިޓީގައި ރަނގަޅު! އެމްޑީޕީން ތާއީދުކުރާ ކަމުގެ އިޝާރާތް!
މާލެ، ދިވެހިރާއްޖެ: ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫއު އައްޑޫ ސިޓީއަށް ގެންދިއުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދުކުރާ ކަމުގެ އިޝާރާތެއް ދީފި އެވެ. މިކަން ހާމަވެފައިވަނީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިންނެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ދަށުން ކުރިއަށްދިޔަ އިންވެސްޓްމަންޓް ފޯރަމްގައި، ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އީގަލް ހިލްސްގެ މަޝްރޫއު އައްޑޫ ސިޓީއަށް ގެންދިއުމާމެދު ދެކެނީ ކިހިނެތްތޯ ސުވާލުކުރައްވާފަ އެވެ.
"މިސާލަކަށް އީގަލް ހިލްސުން އެ ޕްރޮޖެކްޓް އައްޑޫއަށް ގެންނަން އެ ކުންފުނިން އެއްބަސްވެއްޖިއްޔާ ކިހިނެތްބާ އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ދެކޭނީ،" ރައީސް ނަޝީދު ސުވާލު ކުރެއްވި އެވެ.
މި ސުވާލުން ދޭހަވަނީ އީގަލް ހިލްސް މަޝްރޫއު ރަސްމާލޭގެ ބަދަލުގައި އައްޑޫ ސިޓީއަށް ބަދަލުކުރުމުގެ ފިކުރަކީ އެމްޑީޕީގެ ތެރޭގައި ކުރެވޭ ފިކުރެއްކަމާއި، މިކަމަށް އެޕާޓީން ތާއީދުކުރާނެ ކަމުގެ އިޝާރާތެކެވެ. ރަސްމާލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އީގަލް ހިލްސް މަޝްރޫއަކީ ބޮޑު އިންވެސްޓްމަންޓް ޕްރޮޖެކްޓެއް ކަމަށްވާއިރު، އެމްޑީޕީން ދެކޭ ގޮތުގައި މި މަޝްރޫއު އައްޑޫއަށް ބަދަލުކުރުމަކީ އައްޑޫގެ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ވެދާނެ އެވެ.
Ads by BMLމިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނުވަތަ އީގަލް ހިލްސް ކުންފުނިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އެމްޑީޕީގެ ކޮންގްރެސްގައި މިކަން ހާމަކުރެއްވުމުން، މަޝްރޫއުގެ މުސްތަގުބަލާމެދު އާ ބަހުސެއް ފެށިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
Ads by MACL
