ތައިލޭންޑުގައި އެޗްއައިވީގެ ކޭސްތައް އެންމެ ގިނައީ ބޭންކޮކުގައި، 88,535 ކޭސް، ދިވެހީން ސަމާލުވާންޖެހޭ!
ތައިލޭންޑުގެ ވެރިރަށް ބޭންކޮކުން އެޗްއައިވީ ޖެހިފައިވާ 88,535 މީހުން ފެނި، އެއީ އެ ގައުމުގެ ސަރަހައްދަކުން މިފަދަ އެންމެ ގިނަ ކޭސް ރިކޯޑުކުރެވުނު ސިޓީ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަމާބެހޭ އިދާރާތަކުން އާންމުކުރި މި ތަފާސްހިސާބުތަކުން އެނގޭގޮތުގައި ތައިލޭންޑުގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ މުޅި ޖުމްލަ އަދަދު މިހާރު ވަނީ 500,000 އަށްވުރެ މައްޗަށް އަރާފައެވެ. ބޭންކޮކަކީ މުޅި ގައުމުގައިވެސް އެޗްއައިވީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދެވެ.
ބޭންކޮކަށްފަހު އެންމެ ގިނައިން އެޗްއައިވީ ކޭސްތައް ރިކޯޑުކުރެވިފައިވަނީ 31,072 ކޭސްއާއެކު ޗޮން ބުރީގައެވެ. އަދި 23,949 ކޭސްއާއެކު ތިންވަނައަށް އެންމެ ގިނައިން ކޭސް ރިކޯޑުކުރެވިފައިވަނީ ޗިއަންގް މައިއިންނެވެ.
Ads by BMLއަލަށް އެޗްއައިވީ ޖެހޭ މީހުންނާއި މިހާރުވެސް ބަލިޖެހިފައިވާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މަސައްކަތްކުރާ އުމުރުގެ މީހުންނެވެ. މީގެ އިތުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައިވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާކަން ސިއްހީ ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.
ބެންކޮކަކީ މާތްﷲ ހަރާމް ކުރެއްވި ޒިނޭގެ ނުބައި ފާހިޝް އަމަލުކުރުމުގައި ހައްދުފަހަނައަޅާފައިވާ ތަނެކެވެ. އެފަދަ ފާހިޝް އަމަލު ހިންގުމަށް ދިވެހީން ވެސް އެ ގައުމަށްދާ ކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖެއިން އަލަށް 22 މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
Ads by MACL
