ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭގެ މަގުމަތިން ފެންނަ ޑޮލަރު ތަކުގެ ހަގީގަތް..!

މާލޭގެ މަގުމަތިން ފެންނަ ޑޮލަރު ތަކުގެ ހަގީގަތް..!

އެމެރިކާ ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ ދުވަސްވަރެއްގައި މަގުތަކުން 20 ޑޮލަރުގެ ކޮޕީ ނޫޓްތަކެއް ފެނުމުން ފުރަތަމަވެސް ހިޔާލަށް ގެނެވުނީ ސިޔާސީ ހަރަކާތެއް ފެށެނީ ކަމަށެވެ. މުޒާހަރާއެއް ނުވަތަ އެނޫންވެސް އެފަދަ ހަރަކާތެއްކަމަށެވެ.

އެކަމަކު މިއީ " ކީއްވެ؟" އަޅާ ކަރުދާސްތަކެއްކަން އެނގުނީ އިތުރު ގޮތްގޮތަށް ބާލާ ހޯދުމުންނެވެ.

މިއީ ސްލޭމް ސްޓޫޑިއޯ އާއި ސެޓާރން ސްޓޫޑިއޯ، ނޫރު އެން މޫވީސް،އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ނެރޭ " ކީއްވެ؟" އެވެ.

"މިއީ ފިލްމުގެ ނަން ރިވީލް ކުރުން ފިލްމަށް މި ކިޔަނީ " ކީއްވެ" ފިލްމް ޕްރޮޑިއުސްކުރާ ޕާޓްނަރުންގެ ތެރެއިން ކިޑް ޕްރޮޑަކްޝަންގެ ވެރިޔާ ހުސެން މުނައްވަރު ބުންޏެވެ.

އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އަދި އެގްޒެކްޓިވް ޕްރޮޑިއުސަރުންނަކީ ހުސައިން ނޫރައްދީން އާއި ޢަލީ ޝާނިޒް ގެ އިތުރުން ހުސައިން މުނައްވަރު (ކިޑު) އެވެ.

ވަރުގަދަ 4 ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމުގެ ގިނަ މައުލޫމާތު ފިލްމުގެ ޓީމުން އަދި ހާމައެއް ނުކުރެއެވެ.

ނޮވެމްބަރު 25 ގައި އޮލިމްޕަހުގައި ޕްރިމިއަރ ކުރާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ނިންމާފައެވެ.