ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖެއަށް އިތުރު ކާމިޔާބީއެއް: މެމްބަރ ކައްޕި ހިމެނޭހެން 2 މެމްބަރަކު ސާފް ކޮމެޓީތަކަށް!
ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) ގެ ތަފާތު ކޮމިޓީތަކަށް މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ތިން މަންދޫބަކު 2026 އިން 2030 ގެ ދައުރަށް އައްޔަންކޮށްފިއެވެ.
ސާފްގެ ކޮމިޓީތަކަށް އައްޔަންކުރި މަންދޫބުންގެ ތެރޭގައި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަލީ އިބްރާހީމް (ކައްޕ) ހިމެނިވަޑައިގަންނަވައެވެ. އޭނާ އައްޔަންކުރައްވާފައިވަނީ ސާފްގެ މުބާރާތްތަކާ ބެހޭ ކޮމިޓީ (ސާފް ކޮމްޕެޓިޝަންސް ކޮމިޓީ) އަށެވެ.
މީގެއިތުރުން، އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރު ޙައްވާ ރަޝީދާ ވަނީ ސާފްގެ އެޑްހޮކް އަންހެނުންގެ ކޮމިޓީ (ސާފް އެޑްހޮކް ވުމެންސް ކޮމިޓީ) އަށް އައްޔަންކުރައްވާފައެވެ.
Ads by BMLއަދި އެފްއޭއެމްގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީގެ ޗެއާޕާސަން ޢަބްދުއްﷲ އަޒްމީން އައްޔަންކުރައްވާފައިވަނީ ސާފްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީ އަށެވެ.
އެފްއޭއެމްއިން ވަނީ ސާފްގެ ކޮމިޓީތަކަށް އައްޔަންވި އެ އިދާރާގެ މަންދޫބުންނަށް މަރުޙަބާ ކިޔައި، ދެކުނު އޭޝިއާގެ ފުޓްބޯޅަ ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިފައެވެ.
Ads by MACL
