އިރާނުގެ ހަމަލާތައް އިސްރާއިލަށް ވާސިލް ވުމަކީ އާދައިގެ ކަމެއްނޫން، 1 މިސައިލަކީ އެތައް ހާސް ކާމިޔާބު!
އިސްފާހާނުން އިސްރާއީލާ ދިމާއަށް އީރާނުގެ މިސައިލެއް ފޮނުވާލުމުން އެ ވާސިލް ވުމަށް ނަގާ ވަގުތާއި، ހުއްޓުވަން ކުރާ މަސައްކަތަށް ބަލާލާނަމެވެ.
އެންމެ ފުރަތަމަ ހުއްޓުވަން މަސައްކަތްކުރާ ފަރާތަކީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާއާއި، ޔޫއޭއީގައި ހުންނަ ފްރާންސްގެ ރަފަލް މަތިންދާބޯޓު (ސައުދީ އަރަބިއްޔާއިން އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދޭ) އަދި ޕާޝިއަން ގަލްފުގައި ޕެޓްރޯލްކުރާ ޔޫއެސްއެސް ކާލް ވިންސަންގެ މަތިންދާބޯޓުތަކުގެ އެންމެ ފަހުގެ މިސައިލް ޑިސްޓްރޯޔަރެވެ.
މިހުރިހާ ޒަމާނީ ހަތިޔާރަކުން އީރާނުގެ މިސައިލް ސަލާމަތްވެއްޖެނަމަ، ދެން އުރުދުންގެ ވައިގެ ސިފައިންނާއި އުރުދުންގައި ތިބި އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން އިނގިރޭސި ރޯޔަލް އެއާފޯސް ޓައިފޫން އާއި ސައިޕްރަސްގެ އެފް-35 މަތިންދާބޯޓުތައް އަންނާނެ އެވެ.
Ads by BMLދެން މިހުރިހާ ޑްރެގަންތަކުން ސަލާމަތްވެއްޖެނަމަ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމު އެރޯ 3 އިން 2000 ކިލޯމީޓަރުގެ ދުރުމިނުން ޖައްވުގައި ވައްޓާލަން މަސައްކަތް ކުރެއެވެ. އެމީހުންނަށް ނާކާމިޔާބު ވެއްޖެނަމަ، 1500 ކިލޯމީޓަރުން ފެށިގެން 500 ކިލޯމީޓަރަށް، ދުނިޔޭގެ ޖައްވަށް ފޯރާހާ އަވަހަކަށް އެރޯ 2 އިން ނައްތާލަން މަސައްކަތް ކުރެއެވެ.
މިއަށްވުރެ މާ ބޮޑަށް ޑޭވިޑް ސްލިންގް ކިޔާ ޑިފެންސް ސިސްޓަމަކުން 300 ކިލޯމީޓަރުން ފެށިގެން 40 ކިލޯމީޓަރާއި ހަމައަށް އެކަން ކުރިއަށް ގެންދެއެވެ.
މި ހުރިހާ ނިޒާމުތަކުން އީރާނުގެ މިސައިލަކަށް ސަލާމަތް ކުރެވުނު ނަމަވެސް އެންމެ ފަހުން ދިމާވާނީ އަޔަން ޑޯމް އެވެ. އެއީ 70 ކިލޯމީޓަރާއި 4 ކިލޯމީޓަރާއި ދެމެދުގެ ދުރުމިނެއްގައި މިސައިލް ވައްޓާލަން މަސައްކަތް ކުރާ އެއްޗެކެވެ.
ދުނިޔޭގެ އެއްވެސް ގައުމެއްގެ މިސައިލަކަށް އޭގެ އަމާޒަށް ވާސިލްވުމަށް މިހާ ގިނަ ހުރަސްތަކެއް ކުރިމަތި ނުވާނެކަން ކަށަވަރެވެ. އީރާނުގައި އަމިއްލައަށް އުފައްދާ މިސައިލްތަކަކީ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ގޮންޖަހާ ވަރުގެ ހަތިޔާރެއްކަން މިއަދު ދުނިޔެ ގަބޫލު ކޮށްފިއެވެ.
Ads by MACL
