ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ހދ. މަކުނުދޫ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ކުރިއަށްދަނީ

އަތޮޅުތަކުން: ހދ. މަކުނުދޫ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ކުރިއަށްދަނީ

ހދ. މަކުނުދޫގައި ތަރައްޤީކުރާ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މަކުނުދޫ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިންމާލެވިފައެވެ.

މީގެއިތުރުން، އެއާޕޯޓުގެ އިމާރާތްތަކުގެ ދަގަނޑު ނެގުމާއި ބެންޑުކުރުމުގެ (ބާ ބެންޑިންގ) މަސައްކަތްތަކުގެ އިތުރުން، ތަނބުތަކުގެ (ކޮލަމް) މަސައްކަތްތައް މިހާރު ހިނގަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މަކުނުދޫގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ އެ ރަށާއި މުޅި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި ފުރަތސަތަކެއް ހުޅުވިގެންދާނެ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތާއި އިތުރު ތަފްސީލުތައް އެމްޓީސީސީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.